الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ނިދާއިރު ބާލިސް ދަށަށް ގުރުއާން ލިޔެފައިވާ ކުޑަފޮތެއް ނުވަތަ އެއްވެސް އެއްޗެއް ލިޔެފައި ލުމަކީ ރަގަޅު ކަމެއް ނޫނެވެ. އެކަމުން އެއްވެސް މަންފާއެއް ނުކުރާނެއެވެ. އަދިކިޔެއް އެކަމުން ލިބޭނީ ފާފައެވެ. އެއީ ކައުއިތުރު ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތާއި އެކަލޭގެފާނު ދަސްކޮށްދެއްވި ރިވެތި މާތް ގޮތާއި ކަނޑައެޅިގެން ޚިލާފު ކަމެކެވެ. ބިދުއައެކެވެ.
އިތުރު އެކަލޭގެފާނުން ދަސްކޮށްދެއްވާފައި ވަނީ؛ ނިދަން އޮށޯންނަ އިރު ދުޢާ ކިޔާށެވެ. އިޚްލާސް ފަލަގި ނާސި ކިޔަވައި ގައިގައި ފިރުމުމަށެވެ. އާޔަތުލް ކުރުސީ އާއި އަދިވެސް ކީރިތި ޤުރްއާނުގެ ބައެއް އާޔަތް ނުވަތަ ސޫރަތް ކިޔެވުމަށެވެ. މާތް ﷲ ގެ ޛިކުރުމަތީގައި އޮވެ ނިދުމަށެވެ.
والله أعلم
ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް އާދަމް ޝަމީމް އިބްރާހީމް
Source: http://mvislamqa.com/beta/views.asp?questionID=304
No comments:
Post a Comment
ކިޔުންތެރިންގެ ޚިޔާލު