އެމެރިކާއާއި އިޒްރޭލާއި ގާތްގުޅުންތަކެއްބާއްވަމުންގެންދިޔަ ހުސްނީމުބާރަކް އިސްތިއުފާ ދެއްވައިފި.

މިސްރުގެ ރައީސްކަމުން ހުސްނީ މުބާރާކު އިސްތިއުފާ ދެއްވައިފިއެވެ. 30 އަހަރުގެ ދިގު ވެރިކަމަކަށްފަހު ހުސްނީ މުބާރަކް އިސްތިއުފާ ދެއްވާފައިމިވަނީ ރައްޔިތުންގެ ތެރެއިން ގިނަބަޔަކު އެބޭފުޅާގެ ވެރިކަމަކާއިދެކޮޅަށް ނުކުތުމުންނެވެ. އެތައްމިލިއަން ބަޔަކު ބައިވެރިވި މި މުޒާހަރާތަކުގައި އެތައްސަތޭކަބަޔަކު މަރުވެފައިވެއެވެ
.

އެމެރިކާއާއި އިޒްރޭލާއި ގާތްގުޅުންތަކެއް އަބަދުވެސް ބާއްވަމުންގެންދަވާ މުބާރަކު އިސްތިއުފާ މިދެއްވީ ސެޕްޓެމްބަރު މަހު އޮންނަ އިންތިޚާބުގެ ކުރިން ވެރިކަން ދޫނުކުރައްވާނެ ކަމަށް ވިދާޅުވެފައި އޮއްވަ އެވެ. މުބާރަކް ވެރިކަން ދޫކޮށްލެއްވުމަށްފަހު މިހާރުވަނީ ޢާއިލާގެ މެމްބަރުންނާއިއެކު ޝަރްމުއްޝައިޚަށް ވަޑައިގެންފައެވެ.
މިހާރު މިސްރުގެ އެންމެ މަތީ ބާރުވެރިޔަކަށް ވާނީ ސިފައިންގެ އެންމެ މަތީ ކައުންސިލް ވެރިޔާ މުހައްމަދު ހުސެއިން ތަންތާވީ އެވެ.

ހުސްނީ މުބާރަކްގެ އިސްތިއުފާގެ ސަބަބުން އެމެރިކާއާއި އިޒްރޭލުވަނީ ވަރަށްބޮޑަށް ނުތަނަވަސްވެފައެވެ

No comments:

Post a Comment

ކިޔުންތެރިންގެ ޚިޔާލު