ސުވާލު:ބަންގީގެ އަޑުއިވޭއިރުވެސް ޖަމާޢަތަށް ނަމާދަށް ނުގޮސް ބައެއް ބޭފުޅުން އޮފީހުގައި ނުވަތަ އެހެންވެސް މަސައްކަތެއްގައި މަސްޣޫލުވެގެން ނުވަތަ އޮފީސް ބަންދު ވަންދެން ނަމާދު ނުކޮށް އެބަ ތިއްބަވައެވެ.މިފަދަ މީހުންނާއިމެދު ދީނުގައި ވަނީ
ކޮންގޮތަކަށްތޯއެވެ!ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ބަންގީގެ އަޑުއިވިއްޖެ ފިރިހެނާގެ މައްޗަށް ވާޖިބުވެގެންވަނީ ބަންގި އަށް އިޖާބަ ދިނުމެވެ. މާނައަކީ މިސްކިތަށް ގޮސް ޖަމާޢަތުގައި ނަމާދު ކުރުމެވެ. ޖަމާޢާތުގައި ކުރާނަމާދު އެކަހެރިވެހުރެ ކުރާ ނަމާދަށްވުރެ ހަތާވީސް ގުނަ އިތުރުވެގެންވެއެވެ. އެހެންކަމުން ފިރިހެނުންނަށް މޮޅުއިތުރުވެގެންވާ ގޮތަކީ ޖަމާޢަތަށް ގޮސް ނަމާދު ކުރުމެވެ. ނަމަވެސް، ޖަމާޢަތަށް ނުގޮސް ގޭގައި ނަމާދު ކުރިނަމަ ވެސް ނަމާދު ޞައްޙަވާނެއެވެ. އެބަހީ އެމީހެއްގެ ކިބައިން އެފަރުޠު ކެނޑިގެންދާނެއެވެ.
ޖަމާޢަތުގެ ނަމާދުގެ މުހިންމު ކަމުގެ މައްޗަށް މިސައިޓްގައި ކުރިންވާނީ ވަރަށް ތަފްޞީލު ކޮށް ޖަވާބު ދެވިފައެވެ. ވީމާ، އެސުވާލުތައް މުރާޖަޢާ ކުރެއްވުން އެދެމެވެ. والله أعلم
ޖަވާބު ދެއްވީ: ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް
No comments:
Post a Comment
ކިޔުންތެރިންގެ ޚިޔާލު