މަޑުއްވަރީގައި ބޭއްވޭ ތާރީޚީ ދަރުސް






ރ. މަޑުއްވަރީގައި ދީނީ ދަރުސްތަކެއް ބާއްވަން އުޅޭކަމުގެ ޚަބަރު މިޤުރޫއްޕައް ވަރަށް މުޢުތަބަރު ގޮތެއްގައި މަޢުލޫމާތު ލިބިފައިވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުން މިދަރުސް އިންތިޒާމުކުމުގައި އިސްކޮށް ހަރަކާތްތެރިވަނީ މަޑުއްވަރީއަށް އުފަން ޒުވާނުންކޮޅަކާއި ސަރުކާރުގެ މުއައްސަސާއެކެވެ. ދަރުސް އޮންނާނެ ތާރީޚެއް ކަމުގައި ދަރުސް އިންތިޒާމް ކުރައްވާފަރާތުން ވިދާޅުވަނީ މިހިނގާ މާރޗް މަހުގެ 12،11 ވާ ހަފްތާބަންދުތެރޭގައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން މިތާރީޚީ ދަރުސްތައް ދެއްވުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މަޝްހޫރު ދާޢީއެއް ކަމަށްވާ އައްޝައިޚް މުޙައްމަދު މޫސާ (ޅ. ނައިފަރު) އެވެ. އެގޮތުން ހުކުރު ހުތުބާވެސް ދެއްވުމަށް ހަމަޖެހިފައިވަނީ ޝައިޚްކަމަށްވެސް މަޢުލޫމާތުލިބެއެވެ.
ދަރުސްތައް ރޭވިފައވާގޮތް:
11 މާރޗް 2011 :
ހުކުރު ހުތުބާ ،
ހުކުރުދުވަހު ޢަޞްރު ނަމާދަށްފަހު މިސްކިތުގައި ބޭއްވޭ ދަރުސް
ރޭގަނޑު 20:30 ގައި ޢާއްމުންނަށް ޚާއްޞަކުރެވިގެން ބޭއްވޭ ދަރުސެއް.
12 މާރޗް 2011
ހެނދުނު 09:00 ގައި ސްކޫލް ކުދިންނަށް ޚާއްޞަކުރެވިގެން ބޭއްވޭދަރުސް.

މިދަރުސްތަކުގައި ވީހާވެސް ގިނަބަޔަކު ބައިވެރިވެއްލެއްވުމަކީ މިދަރުސް އިންތިޒާމުކުރާ ފަރާތްތަކުގެ ވަރަށް ބޮޑުއެދިލެއްވުމެކެވެ.

No comments:

Post a Comment

ކިޔުންތެރިންގެ ޚިޔާލު