.

Salute!
http://superstar.tym.sk/index152ttww--.php?sufprofile=64



            Fri, 18 Nov 2011 16:56:38
__________________
"Engineer and Contractor, J." (c) Camberleigh vzepael

މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅ

މަޑުއްވަރީ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅު (15 ޖެނުއަރީ 2011) 
` 
ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރުގެ ނައިބު، މަޑުއްވަރީގެ ކުރިއަށް ތިއްބެވި ބޭފުޅުންނާއި، ވެރިން. އަދި ވަކިން ޚާއްޞަކޮށް މި މަޑުއްވަރީގެ ލޮބުވެތި ރައްޔިތުން. 
 
السّـلام عليـكم  
 
މީގެ ދެއަހަރެއް ކުރީގައި، އަޅުގަނޑު މިރަށަށް އައިސް ހަމަ ތިޔަބޭފުޅުންނާ ބައްދަލުވެ ވާހަކަތަކެއް އަދި ނުކުތާތަކެއް އަޅުގަނޑުމެން ފާހަގަކުރީމު. އަޅުގަނޑު އެދުވަހު މިރަށަށް އައިއިރު، މިރަށަށް ދިމާވެފައި އޮތް ވަރަށްބޮޑު ކަމެއް އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް، ވަރަށް ސާދާކޮށް ފެންނާން އޮތް. އެއީ، ރަށް ގިރުމުގެ ސަބަބުން ބައެއް ރައްޔިތުންގެ ގެދޮރަށާއި މުދަލަށް ގެއްލުންވާ ހިސާބަށް ކަންކަން ގޮސްފައި އޮތް އޮތުން. މަޑުއްވަރިން އަޅުގަނޑުމެންނަށް އެ ދުވަހު އެ ފެނުނު މަންޒަރަކީ، މި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުން ފެންނަމުންދާ މަންޒަރެއް. ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ވަކިން ޚާއްޞަކޮށް ބިން ކުޑަކޮށް އަދި އެހެންވީމާ އާބާދީ ބޮޑުކޮށް ދިރިއުޅެމުންދާ ރަށްތަކުގައި މިދެންނެވި މައްސަލަ މިއޮތީ އަޅުގަނޑުމެންނަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު ދަރަޖައަކަށްއެކަމާ އަޅުގަނޑުމެންގެ އަހަންމިއްޔަތުކަން ދޭންޖެހިފައި. މި މައްސަލަ ޙައްލު ކުރުމަށްޓަކައި ޒަމާނީ ޓެކްނޯލޮޖީ ބޭނުން ކުރުމަކީ، މި ސަރުކާރުގެ އަމާޒެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޑުއްވަރި ގިރުމުގެ މައްސަލައިގައި 9މާރޗް 2010 ވަނަ ދުވަހ ދާއިރާ މެމްބަރުގެ ސުވާލާއި ޖަވާބު.


މަޑުއްވަރީ ދާއިރާގެ މެންބަރު ވިސާމް ޢަލީ ވާހަކަދެއްކެވުން: 
ޝުކުރިއްޔާ ޢިއްޒަތްތެރި ރައީސް. އަޅުގަނޑު ދަންނަވާލަން ބޭނުންވި ސުވާލަކީ، ރ.މަޑުއްވަރީ ގިރާ ސަރަހައްދު، ގިރުން ހުއްޓެވުމަށްޓަކައި ކުރެވެމުންދާ މަސައްކަތަށް ކިހާ ޚަރަދެއް ކުރެވިފައިވޭތޯ އާއި މިމަސައްކަތް ރޭއްވެވުމުގައި ކިހާވަރެއްގެ ދިރާސާ އެއް ކުރައްވާފައިވޭތޯ އާއި، މިކަމުގައި ރައްޔިތުންގެ މަޝްވަރާ ހޯއްދަވާފައިވޭތޯ އާއި، މިހާރު ކުރައްވާފައިވާ މަސައްކަތުން އެރަށް ގިރުމުގެ މައްސަލަ އަށް ދާއިމީ ޙައްލެއް އަންނާނެކަމުގެ ޔަޤީންކަން މަނިކުފާނު ދެއްވަވާފާނަންތޯ؟ އަދި މިސައްކަތް ނިމޭނެ ތާރީޚެއް ވިދާޅުވެދެއްވަފާނަންތޯ؟

ކާޅެއްގެ އަޑު



ލިޔުނީ: މޫސާ ޢަލީމަނިކު
ތަފާތު ރީތި ބަގީޗާތަކުގައި ތަފާތު ރީތި ރާގު ރާގަށް ގޮވާ ދޫނިސޫފާސޫފި އުޅެއެވެ. އެކަމަކު ދެރަކަމަކީ އަހަރެންނަށް ރީތިކަން ދަރަޖަކުރާއިރު އެލިސްޓުން އެއްވަނަ ފުލުންނޫނީ ނުލިބޭކަމެވެ. އަހަރެން ދެފަހަރަކު ގޮވާލާއިރަށް ކަންފަތަށް ތުރާވެގެން މީސްތަކުން އުޅެގަނެއެވެ. އަހަރެންގެ އަޑާ ގަޔާވާ މީހަކު ހުރިނަމަ އެމީހަކީ ބީރު މީހަކަށް ނޫނީ ނުވާނެއެވެ. އަހަރެންގެ ހިނގުމަށް ތަޢުރީފުކުރާނަމަ ދުނިޔޭގައި ތަޢުރީފުކުރަން އެނގޭ މީހަކު ނެތީއެވެ. ކުރުކޮށް ފަށުއިކޮށް ބުނަމާބަހީއެވެ. ކަމުދާ އެއްވެސް ސިފައެއް އަހރެންގެ ނެތެވެ.

ތިޔައީ އެއް ޓީމެކެވެ


ލިޔުނީ: މޫސާ ޢަލިމަނިކު/ރަތްފުސްގެ
މަދަރުސާއަކީ ދެވަނަ ގެއެވެ. އެމަދަރުސާގެ ލޮބުވެތި ޓީޗަރުންނަކީ ދެވަނަ ބެލެނިވެރިންނެވެ. އެހެންކަމުން ކިޔަވާ ކުއްޖެއްގެ ޙަޔާތަށް ދެވަނައަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ މަދަރުސީ މާޙައުލުންކަމާއި މެދަކު ޝައްކެއްނެތެވެ. ކަންމިހެން އޮތުމާއިއެކު މަދަރުސީ މާޙައުލު އެންމެހާ ނުރަނގަޅު އަސަރުތަކުން ސަލާމަތްކޮށް ދަރިވަރުންގެ ޙަޔާތަށް ފެހިކަމާއި އާރޯކަން ގެނައުމަށް ހިތްވަރާއިއެކު މަސައްކަތްކުރުމަކީ އެންމެންގެ ފަރުދީ ޒިންމާއެއްކަމުގައި ނޫނީ ނުވާނެއެވެ. އެގޮތުން މަޑުއްވަރީއަށް ޢިލްމީ ހިޔާދޭ ގަސްކަމުގައިވާ މަޑުއްވަރީ ސްކޫލްގެ އެންމެހާ މޫތަކާއި ގޮފިތަކާއި، އަދި އެންމެހާ ކުރިތައް ތާޒާކަންމަތީ އެއްގުނަވަން އަނެއް ގުނަވަނާގުޅިގެން ދިއުމަކީ އެގަހަށް އިތުރު އާރޯކަމެއް ގެނުވާނޭ ކަމެއް ކަމާއިމެދަކު ޝައްކެއް ނެތެވެ.

މަޑުއްވަރީގައި ބޭއްވޭ ތާރީޚީ ދަރުސް






ރ. މަޑުއްވަރީގައި ދީނީ ދަރުސްތަކެއް ބާއްވަން އުޅޭކަމުގެ ޚަބަރު މިޤުރޫއްޕައް ވަރަށް މުޢުތަބަރު ގޮތެއްގައި މަޢުލޫމާތު ލިބިފައިވެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުން މިދަރުސް އިންތިޒާމުކުމުގައި އިސްކޮށް ހަރަކާތްތެރިވަނީ މަޑުއްވަރީއަށް އުފަން ޒުވާނުންކޮޅަކާއި ސަރުކާރުގެ މުއައްސަސާއެކެވެ. ދަރުސް އޮންނާނެ ތާރީޚެއް ކަމުގައި ދަރުސް އިންތިޒާމް ކުރައްވާފަރާތުން ވިދާޅުވަނީ މިހިނގާ މާރޗް މަހުގެ 12،11 ވާ ހަފްތާބަންދުތެރޭގައެވެ.